އާދިއްތަ, November 1
އީސީގެ މެންބަރުކަމަށް ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމުގެ ދެ މަގާމު ހުސްވެފައިވާތީ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

އީސީގެ މެންބަރުކަމުގެ ދެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާތުއާއި، އެ ކޮމިޝަންގެ މެންބަރު މުޙައްމަދު އާސިފް މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމާ ގުޅިގެންނެވެ.

އެހެންވެ އީސީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަފައިވަނީ މިއަދުން ފެށިގެން 5 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

ރައީސް އޮފީހުން ބުނީ އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް އެ އޮފީހުން ކަމަށެވެ.

އީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

އީސީގެ ނައިބު ރައީސް ޢަލީ ނަޝާތުއާއި، އެ ކޮމިޝަންގެ މެންބަރު މުޙައްމަދު އާސިފް މެންބަރުކަމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރީ އީސީގެ ޑޭޓާބޭސްއިން މައުލޫމާތު ނަގައި އެއިން އެޕްލިކޭޝަން ހަދައިގެން ވިއްކައި އަދި އާންމު ރައްޔިތުންގެ މައުލޫމާތު ވިއްކުންފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވުމާ ގުޅިގެންނެވެ.

އީސީގެ މެންބަރު ޑރ. މުޙައްމަދު ޒާހިރަށް ވެސް މި ތުހުމަތުތައް ކުރެވުނެވެ. ނަމަވެސް ޒާހިރު މަގާމުން ވަކިކުރަން ފެނޭތޯ ވޯޓަށް އެހުމުން ފާސްވީ އޭނާ މަގާމުން ވަކިކުރަން ނުފެންނަ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު