ރާއްޖޭގެ އެކި ސަރައްހައްދުތަކުގައި އިތުރު 6 އެއާޕޯޓު ހެދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ "ހަފްތާ52" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއެއް ގޮތަށް ރާއްޖޭގެ އެކި ސަރައްހައްދުގައި އެއާޕޯޓުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ރާއްޖޭގައި އިތުރު 6 އެއާޕޯޓެއް ހެދުން އެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށެވެ.
މި އެއާޕޯޓުތަކަކީ އުތުރުން ދެކުނަށް ބަހާލާއިރުގަ ވަކި ޑިސްޓޭންސަކަށް ކަނޑައެޅިގެން ހެދޭ އެއާޕޯޓުތަކެއް ކަމަށާއި، ނަމަވެސް މީގެ އެއް ހަގީގަތަކީ މީ ވަރަށް ބޮޑެތި ހަރަދު ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
"ރާއްޖޭގެ ކޮންމެ ރަށެއްގަ ދިރިއުޅުއްވާ ބޭފުޅުންވެސް ބޭނުންވެވަޑައިގަންނަވާނެ ކަންނޭނގެ އެ ރަށެއްގަ އެއާޕޯޓެއް އޮންނަން. އެގޮތަށް ބޭނުންވެވަޑަގަންނަވާ އެއް ސަބަބަކީ ކުއްލި ހާލަތްތަކުގަ އެބައެއްގެ ގުޅުން ހުންނަ މީހުންނަށް ދިމާވާ ސިއްހީ ކަންތައްތަކުގައާ، މާލިހާލަތުގަ، ގެންދިއުމަށް ބޭނުންވާ ރިކުއާމަންޓްސް މީގެ ތެރޭ ހިމެނޭ" މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ހެލިކޮޕްޓަރު ހިދުމަތް ފެށިގެންދިޔައީމާ މި ކަންތައްތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. އޭރުން ކޮންމެ ރަށެއްގައި އެއާޕޯޓެއް ނެތަސް ރައްޔިތުން ބޭނުންވާ އެ ހިދުމަތްތަށް ފޯރުކޮށްދިނުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ނެޝަނަލް ޕްލޭނިންގ ގެ ދަށުން ތަރައްގީ ކުރަން ހުރި އެއާޕޯޓުތަށް ތަރައްގީ ކުރުން ދާނީ ކުރިއަށް ކަމަށާއި، އެކަމަކު އެންމެ އަސާސީ ބޭނުމެއްގެ ގޮތުގައި ރައްޔިތުން ބޭނުންވެވަޑައިގަންނަވާ އެމެޖެންސީ ހާލަތްތަކުގައި އޮޕެރޭޓް ކުރަން ޖެހޭ އޮޕެރޭޓުކުރުން އެއާޕޯޓެއް ނެތަސް ހެލިކޮޕްޓަރު އޮޕެރޭޝަންސް އާއި އެކީ ކުރިއަށް ދާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މި ލިޔުން ކިޔާލުމުން