Saturday, October 31
ރާއްޖެއާއި ތަޖިކިސްތާނުން ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހި ސަރުކާރާއި ތަޖިކިސްތާން ސަރުކާރާ ދެމެދު ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ނިއުޔޯކުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރު ޢަލީ ނަޞީރު މުޙައްމަދެވެ. އަދި ތަޖިކިސްތާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ތަޖިކިސްތާނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ހިކްމަތު ޖޮނިބެކް އިސްމޮއިލްއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ނިއުޔޯކުގައި ހުންނަ ތަޖިކިސްތާނުގެ ދާއިމީ މިޝަންގައެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގައި ސޮއިކުރުމާއެކު މިހާރު ވެސް އަމަލުކުރަމުންދާ ޔުނިލެޓަރަލް ވިސާ-ފްރީ ރެޖީމްގެ ދަށުން ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަށް ދެ ގައުމުގެ ރައްޔިތުން ދަތުރުކުރުމަށް އޮންނަ އުސޫލު ރަސްމީވެގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު