އާދިއްތަ, November 1
10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ، 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކުރީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި މީހާ ހައްޔަރު ކުރެވުނީ މި މަހުގެ 25 ވަނަ ދުވަހު (މ.، ފ.، ދ.، ތ. އަދި ލ. އަތޮޅު) ގައި ހިމެނޭ ރަށެއްގައި، ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުމާއި ގުޅިގެންނެވެ.

ފުލުހުން ބުނެފައި ވަނީ މި މައްސަލަ އަކީ ކުޑަކުއްޖަކާއި ގުޅުންހުރި ސީރިއަސް މައްސަލައަކަށް ވާތީ އެކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން އެ ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާނެ ކަމަށެވެ.

އަދި ހައްޔަރު ކުރި މީހާގެ ވަނަވަރުވެސް ފުލުހުން އަދި ހާމައެއް ނުކުރެެ އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު