އާދިއްތަ, November 1
ސްރީލަންކާގެ މަސްބޯޓުގައި ޑްރަގް އެތެރެކުރަން އުޅުނު މީހުންގެ ބަންދަށް 30 ދުވަސް

ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ، ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ސްރީލަންކާގެ މަސްބޯޓުގެ ފަޅުވެރިން 30 ދުވަހަށް ބަންދުކުރުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލަންކާގެ ފަސް މީހުންނެވެ.

އެއީ، ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް (21 އަހަރު)، މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ (22 އަހަރު)، ޗަމޮދް ދިވަންގާ ދިލަކާވަ (22 އަހަރު)، ލޮރެންސު ހޭވާގީ ސަރަތު (56 އަހަރު) އަދި ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ (37 އަހަރު) އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ނޮވެންބަރު 23 ވަނަ ދުވަހުގެ ރޭ މަކުނުދޫ ބޭރުން އަތުލައިގަތް "އަށެންޕުތަ" ނަމަކަށް ކިޔާ ސްރީލަންކާގެ މަސްބޯޓުން 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ. މީގެ ތެރޭގައި ހިމެނެނީ 344 ކިލޯގެ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ކަމަށް ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކައެވެ.

މި މަސްތުވާތަކެތީގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރައެެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު