އާދިއްތަ, November 1
ފުރްގާން މިސްކިތަށް ގެއްލުންދިން މީހާ ހައްޔަރުކޮށްފި

ފުރްގާން މިސްކިތަށް ގެއްލުންދީ، މުސްހަފްތައް އުކާލި މީހާ ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލާގައި އިއްޔެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރީ ގ. މާލެހިޔާ, 2-02-13, ނައުޝާދު މޫސާ (30އ) އެވެ.

ފުލުހުން ބުނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުރްގާން މިސްކިތަށް ގެއްލުން ދިނީ މި މަހުގެ 23 ވަަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެ މިސްކިތަށް އެ ރޭ ފަތިސް ނަމާދަށް ދިޔަ ބައެއް މީހުން ބުނީ، މިސްކިތުގެ ކަރަންޓު ބޯޑުތަކާއި ވުޟޫ ކުރާ ތަނުގައި ހުރި އިސްކުރުތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށެވެ.

މިސްކިތުގައިވާ ތަކެއްޗަށް ގެއްލުންދީފައިވާ މަންޒަރުތަކުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވީ ދީނީ އިލްމުވެރިޔާ އާދަމް ނިޝާން އަލީ އެވެ.

މިކަން ކޮށްފައިވަނީ އެ މިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައިވެސް ނިދާފައި އޮންނަ "ބުއްދިފިލާ ގޮސްފައިވާ" ޒުވާނެއް ކަމަށް ވެސް ނިޝާން ވިދާޅުވި އެވެ. މީގެ ކުރިން އެތައް ފަހަރަކު މުސްހަފްތައް އުކާލުމާއި މިފަދަ އެތައް ކަމެއް އޭނާ އެ މިސްކިތުގައި ކޮށްފައިވާކަމަށް ނިޝާން ތުހުމަތު ކުރެއްވި އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު