އާދިއްތަ, November 1
ފޮޓޯ/އެޗްޑީސީ
ހުޅުމާލޭގެ މަގުތަށް ޓްރެފިކް މެނޭޖް ކުރުމަށް ހަދާފައިވާ ވަށްބުރުތަކުގައި ބަހައްޓާނެ މޮނިއުމަންޓްތައް ޑިޒައިން ކުރުމަށް އެޗްޑީސީން ބޭއްވި މުބާރާތުން އެއްވަނަ އަށް ދިޔަ ޑިޒައިންތަކާއި ގުޅޭގޮތުން ލިބުނު ޝަކުވާތަކާއި ގުޅިގެން، ޑިޒައިންތައް އަލުން ރިވިއު ކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ. މިކަމާ ގުޅިގެން އެޗްޑީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މޮނިއުމަންޓް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 7 ފަރާތަކުން ޑިޒައިންތައް ހުށަހަޅާފައިވާކަމަށެވެ. އަދި އެ ހުށަހެޅުންތަކުގެ މެދުގައި ވަނަހޮވާފައިވާނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ޕްރޮފެޝަނަލް ސްޓާފުންގެ ޖަޖިން ޕެނަލަކުން ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށްފަހުކަމަށް އެޗްޑީސީން ބުންޏެވެ. އެޗްޑީސީން ވިދާޅުވީ، ނަމަވެސް މުބާރާތުން އެއްވަނައަށް ދިޔަ މޮނިއުމަންޓް ޑިޒައިން ތަކަކީ އޭއައި ޑިޒައިންތަކެއް ކަމަށް ބުނެ އާންމުންގެ ޝަކުވާ ލިބުމާއި ގުޅިގެން އެ ޝަކުވާތައް އިތުރަށް ބަލައި، ވަނަ ލިބުނު ޑިޒައިންތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ އެޗްޑީސީން ހުޅުވާލީ ހުޅުމާލޭގެ 17 ސަރަހައްދެއްގައި ބަހައްޓާ މޮނިއުމެންޓްތަކުގެ ޑިޒައިން ހެދުމަށެވެ. މުބާރާތުގެ ސުންގަޑި ހަމަވިއިރު، ޖުމްލަ 07 ފަރާތަކުން ވަނީ ޑިޒައިންތައް ހުށަހަޅާފަ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެ މުބާރާތުގެ ތީމަކީ "ދިވެހިންގެ ރާއްޖެ" އެވެ.

އެ މުބާރާތުގައި އެންމެ ފުރިހަމަ ޑިޒައިނެއް ހުށަހަޅާ މީހަކަށް 100،000ރ. ގެ ފައިސާގެ އިނާމެއް ވެސް އެޗްޑީސީން ހުށަހެޅި އެވެ.

   

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު