އާދިއްތަ, November 1
މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާފަންނު ގެއެއްގެ 10 ވަނަ ފަންގިފިލާގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޯވީ، މ.ނިޔަނދުރުމާގޭގެ 10 ވަނަ ފަންގިފިލާގައި ހުރި ގުދަނެއްގައެވެ.

އަދި އެ ގުދަނުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު މިއަދު 17:55 ހާއިރު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.

މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ ގުދަނުގައި ރޯވި އަލިފާން ނިއްވާލެވުނީ މިރޭ 19:45 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު