Saturday, November 28
އީސީގެ ދެ މެންބަރަކު ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދެ މެންބަރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ފާސްކުރީ އީސީގެ ނައިބު ރައީސް ޢަލީ ނަޝާތުއާއި، އެ ކޮމިޝަންގެ ދެ މެންބަރު ކަމުގައިވާ ޑރ. މުޙައްމަދު ޒާހިރާއި، މެންބަރު މުޙައްމަދު އާސިފް މެންބަރުކަމުން ވަކިކުރުމަށެވެ.

ކޮމިޓީން އެގޮތަށް ފާސްކުރީ އެ ބޭފުޅުންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެންނެވެ.

އޭގެތެރޭގައި އީސީގެ ޑޭޓާބޭސްއިން މައުލޫމާތު ނަގައި އެއިން އެޕްލިކޭޝަން ހަދައިގެން ވިއްކައި އަދި އާންމު ރައްޔިތުންގެ މައުލޫމާތު ވިއްކުންފަދަ ބޮޑެތި ތުހުމަތުތަކެއް ހިމެނެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން ނަޝާތުއާއި، އާސިފް މަގާމުން ވަކިކުރަން ނިންމީ 69 މެންބަރުންގެ ތާއިދާއެކުއެވެ. އެ ދެ ބޭފުޅުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އެމްޑީޕީގެ 10 މެންބަރުންނެވެ.

ނަމަވެސް ޒާހިރު މަގާމުން ވަކިކުރަން ފެނޭތޯ ވޯޓަށް އެހުމުން ފާސްވީ އޭނާ މަގާމުން ވަކިކުރަން ނުފެންނަ ކަމަށެވެ. އެގޮތަށް ފާސްވީ 70 މެންބަރުންގެ ވޯޓުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު