އާދިއްތަ, November 1
އަމިއްލަ ދަނޑުގައި ސިޓީ ލަދުގަންނަވާލައިފި

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި، ލަދުވެތި ގޮތަކަށް މެންޗެސްޓާ ސިޓީ ބަލިވެއްޖެ އެވެ.

ޓޮޓެންހަމް ހޮޓްސްޕާއާ ވާދަކޮށް ސިޓީ ބަލިވީ 4-0 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމް ގެ ދެ ލަނޑު ޖަހައިދިނީ ޖޭމްސް މެޑިސަން އެވެ. އަދި ދެވަނަ ހާފުގައި ޓޮޓެންހަމަށް ލަނޑުތައް ޖަހައިދިނީ ޕެޑްރޯ ޕޯރޯ އާއި ބްރޭނަން ޖޯންސަން އެވެ.

މެޗަށް ފަހު މީޑިޔާއާއި ވާހަކަދައްކަމުން މެންޗެސްޓާ ސިޓީ ގެ ކޯޗު ގާޑިއޯލާ ބުނެފައިވަނީ، ޖެހި ޖެހިގެން 5 މެޗުން ބަލިވިއަސް އަދި ހާސްކަމެއް ނެތް ކަމަށެވެ.

"މިވޭތުވެދިޔަ 8 އަހަރު ތެރޭ މިކަހަލަ ހާލަތެއް އަދި ސިޓީއަކަށް ނާދޭ. މިވަގުތު އަހަރުމެން ޖެހޭނީ ހިތްވަރުކޮށް މި ކަމުން އަރައިގަނެ ދެން އަންނަ މެޗުގަ މޮޅުވާން ވިސްނަން. ދެން އޮތީ މޮޅުވާން ވަރަށް މުހިއްމު މެޗެއް. އަހަރުމެން މޮޅުވާނަން. އެނބުރި އަންނާނަން." ގާޑިއޯލާ ބުންޔެވެ.

މިއީ، ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ވެސް ޖެހިޖެހިގެން ފަސް މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި ސިޓީން މިދިޔަ 19 ވަރަކަށް އަހަރު ތެރޭ ޖެހިޖެހިގެން ފަސް މެޗުން ބަލިވިވެސް ފުރަތަމަ ފަހަރެވެ.

ލީގުގައި ކުޅުނު 12 މެޗުން ލިބުނު 22 ޕޮއިންޓާއިއެކު ސިޓީ މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު