އާދިއްތަ, November 1
ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު މަސްދޯންޏެއް އަތުލައިގެންފި

ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު މަސްދޯންޏެއް އަތުލައިގެންފިއެވެ.

މި މަސްދޯނި އަތުލައިގަތީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްްގާޑުން ހިންގި އޮޕަރޭޝަނެއްގައެވެ.

އެމްއެންޑީއެފްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކޮށްފައިވީ ނަމަވެސް، އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް، އަދި އެއީ ކޮން ގައުމެއްގެ ދޯންޏެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ.

މި މަހުގެ 16 ވަނަ ދުވަހު އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެން، އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ރާއްޖޭގެ އުތުރުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ޑްރޯނުން ވަނީ ބޭރު ގައުމެއްގެ ބޯޓެއް، ގާނޫނާ ޚިލާފަށް ރާއްޖޭގެ ސަރަހައްދުގައި އުޅެނިކޮށް ލޮކޭޓްކޮށްފައެވެ.

ކޯސްޓްގާޑުން އެ ބޯޓް އިންޓަރސެޕްޓް ކުރުމަށްފަހު މިހާރު ވަނީ ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު