އާދިއްތަ, November 1
ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު މީހާ ތަހުގީގު ނިމެންދެން ބަންދުކޮށްފި

ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު މީހާ ތަހުގީގު ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އދ. ދަނގެތި ލިލީގޭ / ހުސެއިން ފާއިޤް (33އ.) އެވެ.

ހުސެއިން ފާއިޤް ހައްޔަރު ކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އިރުއޮއްސި 18:30 ހާއިރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި އެވެ. އަދި އެވަގުތު އެ މީހާ ހުއްޓުވަން އުޅުނު ފުލުހަކަށް ވެސް އޭނާ ވަނީ ތޫނު އެއްޗަކުން ހަމަލާދޭން މަސައްކަތްކޮށްފަ އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން އޭނާ ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު