އާދިއްތަ, November 1
ފުރްޤާން މިސްކިތުގައި ހުރި މުސްހަފުތައް އުކާލައި، ތަކެއްޗަށް ގެއްލުންދިން މައްސަލައެއް ބަލަނީ

މާލޭގައި ހުންނަ ފުރްޤާން މިސްކިތުގައި ހުރި މުސްހަފުތައް އުކާލައި، އެ ތަނުގައި ހުރި ތަކެއްޗަށް ގެއްލުންދިން މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ ފުރްޤާން މިސްކިތަށް ގެއްލުންދިން މައްސަލައެއް ރިޕޯޓުކޮށްފައިވާތީ، އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން އަދި ނުބުނެއެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިޚް އާދަމް ނިޝާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުގެ ފަތިސް ނަމާދު ކުރިން ފުރްޤާން މިސްކިތުގެ ފަހަތުގައި ހުރި މުސްޙަފްތައް މުޅިތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެއަށް ޖަހާފައިހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްލައިފައިވާ ކަމަށެވެ.

މީގެއިތުރުން ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާ ހަދާފައިވާ ކަމަށް ވެސް ޝައިޚް ނިޝާން ވިދާޅުވިއެވެ.

ޝައިޚް ނިޝާން ވިދާޅުވީ މިކަން ކޮށްފައިވަނީ އެ މިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައި ވެސް ނިދާފައި އޮންނަ "ބުއްދިފިލާ ގޮސްފައިވާ" ޒުވާނެއް ކަމަށާއި، އޭނާ ވަނީ މީގެ ކުރިން އެތައް ފަހަރަކުވެސް މުސްޙަފްތައް އުކާލުމާއި، މިފަދަ އެތައް ކަމެއް އެ މިސްކިތުގައި ކޮށްފައި ކަމަށެވެ.

ޝައިޚް ނިޝާންގެ ޕޯސްޓުގައި ވަނީ މިސްކިތުގައި ހުރި ތަކެއްޗަށް ދިން ގެއްލުންތަކުގެ ފޮޓޯ ހިމަނުއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު