އާދިއްތަ, November 1
މިއަދަކީ އީސީގެ ރައީސް ކަމުގައި މަސައްކަތް ކުރައްވާނެ ފަހު ދުވަސް: ފުއާދު

މިއަދަކީ އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ކަމުގައި މަސައްކަތް ކުރައްވާނެ އެންމެ ފަހު ދުވަސް ކަމަށް އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ފުއާދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ އިލެކްޝަންސް ކޮމިޝަނުގައި އޭނާގެ ދައުރުގެ އެންމެ ފަހު ދުވަސް ކަމަށާއި، އިންތިގާލީ އީސީ އާއި 1 ވަނަ އީސީގައި ތިއްބެވި ބޭފުޅުން ވެސް ހިމެނޭ ގޮތަށް މަސައްކަތް ކުރެއްވި ހުރިހާ މެމްބަރުންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

އީސީގެ މެންބަރު ކަމަށް ފުއާދު އައްޔަނު ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އެކޮމިޝަންގެ ރައީސްކަމަށް އެމަނިކުފާނު އައްޔަނު ކޮށްފައިވަނީ 2021 ވަނަ އަހަރުގައެވެ. ފުއާދު އީސީގެ ދައުރު ނިންމާލިއިރުވެސް ވެސް ހުންނެވީ އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައެވެ. އަދި މިވަގުތު އެ ކޮމިޝަނުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ކޮމިޝަންގައި އެންމެ ގިނަ ދުވަސްވީ މެމްބަރަަކީ ފުއާދު ތައުފީގެވެ.

ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެވި ދުވަސްވަރު ފުއާދަށް ވަނީ ގިނަ ގޮންޖެހުތަކާއި ކުރިމަތިވެފައެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ހަލަބޮލިވި ދުވަސްވަރުގައި ވެސް އެމަނިކުފާނު ހިތްވަރާއެކީ އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރެއްވިއެވެ.

ފުއާދު ކޮމިޝަނުން ފަހު ދުވަސްކަން ހާމަކުރުމުން ގިނަ ބަޔަކު އަންނަނީ ފުއާދު ކުރެއްވި މަސައްކަތައް ތައުރީފުކޮށް ޝުކުރުގެ މެސެޖްތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު