އާދިއްތަ, November 1
ހާޝިމް ގޭބަންދަށް ބަދަލުކުރީ ބަލި ހާލަތު ހުރި ގޮތުން ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭނެތީ: ކަރެކްޝަން

ކުޑަ ފިރިހެން ކުއްޖަކާއި ޖިންސީ ގޯނާކުރަނިކޮށް ކުށުގެ ވެށިން ހައްޔަރު ކުރި، ހޯރަފުށި އަންދަލީބުގޭ، ހާޝިމް އަބޫބަކުރު ގޭބަންދަށް ބަދަލުކުރީ ބަލި ހާލަތު ހުރި ގޮތުން ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭނެ ކަމަށް ޑޮކްޓަރު ލަފާދެއްވާފައިވާތީ ކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިރޭ ބުނެފި އެވެ.

ކަރެކްޝަނަލް އިން މިހެން ބުނެފައިވަނީ، ރަޖިސްޓްރީ ނުކޮށް ހިންގާ "ދިޔަވަރު" ވެބްސައިޓުން މިކަމާ ގުޅޭ ގޮތުން ދައުރު ކުރަމުންދާ މައުލޫމާތާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގަ އެވެ.

ކަރެކްޝަނުން ބުނެފައިވަނީ، ހާޝިމް އަބޫބަކުރަކީ 2022 އިން ފެށިގެން އުނަގަނޑުގެ މައްސަލައެއް ހުންނަ އެކަމުގެ ވޭން ތަހައްމަލު ކުރަމުން އަންނަ މީހެއް ކަމަށެވެ.

އަދި އޭނާގެ ސާރޖަރީ ރާއްޖޭން ކުރެވެން ނެތްކަމަށް ޑޮކޮޓަރުން ދެއްވި ލަފާގެ މަތިން އެ ސަރވިސްގެ މެޑިކަލް ބޯޑުން ނިންމުމާއެކު، އޭނާ ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދިއުމުގެ ހުއްދަ 5 އޮގަސްޓް 2024 ގައި ދިނުމާ ގުޅިގެން، އޭނާ ވަނީ ބޭސްފަރުވާ ހޯދުމަށްފަހު 16 ސެޕްޓެމްބަރު 2024 ގައި މާލެ އައިސްފައި ކަމަށް މި ބަޔާނުގައި ކަރެކްޝަނުން ބުނެފައިވެއެވެ.

ހާޝިމް އަބޫބަކުރުގެ ބަލި ހާލަތު ހުރި ގޮތުން، ޑޮކްޓަރު ދެއްވާފައިވާ ރެކަމެންޑޭޝަން އާއި އެއްގޮތަށް ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭނެތީ، އޭނާ ވަނީ ހުކުުމް ތަންފީޒުކުރުމަށް ވަގުތީ ގޮތުން ގޭ ބަންދުގައި ބެހެއްޓިފައި ކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.

ކަރެކްޝަނުން ދަނީ އޮންނަ އުސޫލާއި އެއްގޮތަށް ހާޝިމް އަބޫބަކު މޮނީޓަރކޮށް ބަލަހައްޓަމުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު