އާދިއްތަ, November 1
އައިކޮމްގެ އަޑުއެހުމަށް ނުދެވުނީ މުވައްޒަފެއްގެ އިހުމާލުން، ފިޔަވަޅު އަޅައިފިން: ހައުސިންގ މިނިސްޓްރީ

އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް) އިން ބޭއްވި އަޑުއެހުމަށް އެ މިނިސްޓްރީން ހާޒިރުނުވެވުނީ މުވައްޒަފެއްގެ އިހުމާލުން ކަމަށާއި އެ މުވައްޒަފާމެދު ފިޔަވަޅު އަޅައިފިން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މިނިސްޓްރީގެ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އަދި ޖަވާބުދާރީ ކުރެވޭނެ ގޮތެއްގެ މަތިން ކުރިއަަށް ގެންދިއުމަށްޓަކައި މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބު ދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.

އެގޮތުގެ މަތިން "7 ނޮވެމްބަރު 2024 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން މި މިނިސްޓްރީ ޖޫރިމަނާ ކުރިކުރުމަކީ މި މިނިސްޓްރީގެ މުވައްޒަފެއްގެ އިހުމާލުން ހިނގާފައިވާ ކަމެއްކަމާއި އެހެންކަމުން އެ މުވައްޒަފާ ދޭތެރޭގައި ސިވިލް ސާވިސް ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދެވިފައިވާ ވާހަކަ ދަންނަވަމެވެ،" ހައުސިން މިނިސްޓްރީން ބަޔާނުގައި ބުނެފައި ވެއެވެ.

ބައްދަލުވުމަށް ހާޒިރުވުމަށް އަންގާ އެންގުމަށް މަގުބޫލު ސަބަބެއް މެދުވެރިވެގެން ހާޒިރުވެވެން ނެތްނަމަ، ބައްދަލުވުން ފެށުމަށް ކަނޑައަޅާފައިވާ ގަޑީގެ މަދުވެގެން އެއްގަޑިއިރުގެ ކުރިން އެކަން އަންގަންވާނެކަމަށް މަހޯލި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ހައުސިންގ މިނިސްޓްރީ ޖޫރިމަނާކުރީ އެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކޮށްފައި ނުވާތީ ކަމަށް އައިކޮމްއިން ބުންޏެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު