ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.
މި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައި ވަނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް 18 ނޮވެމްބަރުގައި، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ މުއްދަތެއް ޖަހައި، އެ މުއްދަތު ހަމަވުމާއި ގުޅިގެން، މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.
މި މައްސަލާގެ ތުހުމަތުގައި، ޝަރީއަތް ނިމެންދެން ބަންދުކުރީ ހިރުދުމާގެ / ޅ.ކުރެންދޫ، އިބުރާހިމް މުހައްމަދު (45އ) އެވެ.
ކޯޓުން މިފަދައިން ނިންމީ، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހެޅިފައިވާ ކަމަށް ބެލެވޭތީއެވެ. އެގޮތުން ފުލުހެއްގެ ބަޔާނާއި އަދި ހުޅުމާލެ ހޮސްޕިޓަލުގެ ސީޓީ ސްކޭން ލިޔުންތަކާއި، ރިޕޯޓާއި، އިތުރު ހެކި ގަރީނާ ހުށަހެޅިފައިވާތީ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައި ވެއެވެ.
މި ލިޔުން ކިޔާލުމުން