އާދިއްތަ, November 1
އާންމުންގެ މީހަކާއި ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު މީހަކު ހައްޔަރުކޮށްފި

އާންމުންގެ މީހަކާއި ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި 33 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 18:30 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

އެވަގުތު އެ މީހާ ހުއްޓުވަން އުޅުނު ފުލުހަކަށް ވެސް ތޫނު އެއްޗަކުން ހަމަލާދޭން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު