އާދިއްތަ, November 1
މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ މަޝްރޫއުގައި ހިމެނޭ ދެ ބުރިޖުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ މަޝްރޫއުގެ މަސައްކަތުގެ ދަށުން، ހަދާ 60 މީޓަރުގެ ދެ ބުރިޖުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހު އެމްޓީސީސީއިން ބުނީ މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ މަޝްރޫއުގެ މަސައްކަތުގެ ދަށުން، 60 މީޓަރުގެ ފުރަތަމަ ބުރިޖުގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން 60 މީޓަރުގެ ދެވަނަ ބުރިޖްގެ 80 އިންސައްތަ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުންޏެވެ.

ސައިޓުގައި މިހާރު ކުރިއަށްދަނީ އެޕްރޯޗް ރޯޑް އާއި ރިވެޓްމެންޓްގެ މަސައްކަތް ކަމަށް އެމްޓީސީސީއިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 7,740 އަކަމީޓަރުގެ ސަރަހައްދުގައި ތާރުއެޅުމާއި، ބުރިޖު ހަދާ ސަރަހައްދުގައި 2,544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުން ވެސް ހިމެނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 79.4 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގައި ޖުމްލަ 3 ބުރިޖެއް އަޅައެވެ. އެއީ މަޑަވެއްޔާއި ޖެހިގެން އޮންނަ ފަޅުރަށެއް ކަމަށްވާ ހާދޫ އަދި ހާދޫ އިން ކަންނަގިއްލާއަށް އަދި ކަންނަގިއްލާއިން ހޯނޑެއްދުއަށް އަޅާ ބުރިޖެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު