އާދިއްތަ, November 29
އެމް.އެން.ޔޫގެ ރެދަން އާރޓް އެކްޒިބިޝަން ފަށައިފި

"ރެދަން އާރޓް އެކްޒިބިޝަން"ގެ ނަމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަރާތުން އިންތިޒާމްކޮއްގެން ކުރިއަށްގެންދާ އާރޓް އެކްޒިބިޝަން މިއަދު ފަށައިފިއެވެ.

މި އާރޓް އެކްޒިބިޝަން، އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ނެޝަނަލް އާރޓް ގެލެރީގައެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް އާރޓްސްގެ ދަރިވަރުންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ދައްކާލުމަށް އިންތިޒާމްކޮއްފައިވާ މި އާރޓް އެގްޒިބިޝަން ކުރިއަށްދިޔުމަށް ހަމަޖެހިފައިވަނީ މި ނޮވެންބަރ މަހުގެ 21 ހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން ހާމަކުރާ ގޮތުގައި ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:30 ފެށިގެން ރޭގަނޑު 10:00 އަކާއި ހަމަޔަށް ނެޝަނަލް އާރޓް ގެލެރީއަށް ޒިޔާރަތްކޮށް، "ރެދަން އާރޓް އެކްޒިބިޝަން" އަށް ހުށަހަޅާފައިވާ ކުރެހުންތަށް ބަލައިލުމުގެ ފުރުޞަތު އާންމުނަށް ވަނީ ހުޅުވާލައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު