އާދިއްތަ, November 1
އެއާރ އެމްބިއުލެންސް އިން މިހާތަނަށް 500 އަށްވުރެ ގިނަ ބަލި މީހުން އުފުލާފައިވޭ: ނާޒިމް

އެއާރ އެމްބިއުލެންސް ގެ ހިދުމަތް ފެށިފަހުން، ފާއިތުވި ހަތް މަސް ދުވަސްތެރޭގައި މިހާތަނަށް 500 އަށްވުރެ ގިނަ ބަލި މީހުން އުފުލިފައި ވާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުالله ނާޒިމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިޔާ އާއި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އެއާރ އެމްބިއުލެންސްގެ ހިދުމަތް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ލިޔުއްވިއިރުވެސް މީ ރައްޔިތުންނަށް ކިހާ މުހިއްމު ހިދުމަތެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެއާ އެކު މި ހިދުމަތް ވެފައި ވަނީ ދިވެހި ރައްޔިތުން ވަރަށް ބަލައިގަން، އެ ރައްޔިތުންނަށް ވަރަށް މުހިއްމު ހިދުމަތަކަށް ކަމަށެވެ.

އެގޮތުން މާޗު މަހު މި ހިދުމަތް ފެށިގެން ދިޔައިރު، ފާއިތުވި ހަތް މަސް ދުވަސްތެރޭގައި މިހާތަނަށް 500 އަށްވުރެ ގިނަ ބަލި މީހުން އުފުލިފައިވާ ކަމަށާއި، މީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

އަދި އެއާ އެކު ރައްޔިތުން ވިސްނަން ޖެހޭ ހަގީގަތަކީ އެއާރ އެމްބިއުލެންސްގައި އުފުލަން މި ޖެހެނީ ވަރަށް ސީރިއަސް ހާލަތެއްގައި އޮންނަ ބަލިމީހެއް ކަމަށާއި، އަވަސް ފަރުވާއަށް، ވީހާވެސް އަވަހަކަށް، އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ބަލިމީހާ ގެނައުމަކީ އާއިލާއަށާއި ހެޔޮއެދޭ އެންމެންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު