އާދިއްތަ, November 1
ރައީސްގެ ސިޔާސަތަކީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުން: ނާޒިމް

ވަށާޖެހޭ ސިއްޙީ ނިޒާމްގެ ތެރެއިން ކޮންމެ ރައްޔިތަކަށްވެސް ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށް ހެލްތް މިނިސްޓަރު އަބްދުالله ނާޒިމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިޔާ އާއި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތު ބައްޓަން ކުރަށްވާފައި ވަނީ ރާއްޖޭގެ ސިއްހީ ފަރުވާ ވަށާ ޖެހޭ ނިޒާމެއްގެ ތެރެއިން ހުރިހާ ރައްޔިތުންނަށް ވެސް ފޯރުކޮށް ދިނުމަށްޓަކައި ކަމަށެވެ.

"މިސާލަކަށް ދަންނަވާ ނަމަ ރައީސްގެ ސިޔާސަތު ތަކުގައި ވަރަށް ބޮޑަށް އެބައޮތް އަޅުގަނޑުމެންގެ ރީޖަނަލް ހޮސްޕިޓަލްތަށް އިތުރަށް ފުޅާކުރުން. އެމަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދެވޭނެ. އަދި ހަމަ އެއާއެކު ކުދި އާބާދި ތަކުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުން ކުއްލިއަކަށް ބޭނުންވާ ސިއްހީ ފަރުވާ ހޯދުމަށްޓަކައި މާލެއަށް ކޮންމެހެން ގެންނަން ޖެހިއްޖެ ހާލަތެއްގަ އެ ނިޒާމު ވަރުގަދަ ކުރުން." މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ހެއްކެއްގެ ގޮތުން ދިވެހިރާއްޖޭގެ ތާރީހުގައި ރަސްމީ ސިފައެއްގައި ފުރަތަމަ ފަހަރަށް އެއަރ އެމްބިއުލާންސް ގެ ހިދުމަތް ޕެރެމެޑިކްސް އާއި އެކު މިހާރު ވާނީ ދެވެން ފަށާފަ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު