އާދިއްތަ, November 1
އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތު ކުރުމަށްފަހު މިނިސްޓްރީއާ ހަވާލުކޮށްފި

އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައިވާ މަސްފެންގަނޑު އިތުރަށް މަރާމާތު ކުރުމަށްފަހު ސްޓެލްކޯއިން މިއަދު އިސްލާމިކް މިނިސްޓްރީއާ ހަވާލިކޮށްފިއެވެ.

މަސްފެންގަނޑު ނިންމިކަމުގެ ލިއުން ހަވާލުކުރުމަށް މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ލިއުމާއި ހަވާލުވެވަޑައިގެންފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި ސްޓެލްކޯގެ ފަރާތުން މި ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.

މި ރަސްމިއްޔާތުގެ ވާހަކަފުޅު ދައްކަވަމުން ޑރ.ޝަހީމު ވިދާޅުވެފައިވަނީ 40 އަހަރަށްވުރެ ގިނަ ދުވަސްވީ މުންނާރުގެ މަސްފެންގަނޑު ހަލާކުވެފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށާއި މިހާ ކުރު މުއްދަތެއްގައި ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މަރާމާތު ކޮށްދެއްވާފައިވާ މަސްފެންގަނޑު ކުރީގެ މަސްފެންގަނޑަށްވުރެ މާ ރީތިވެފައި ފުރިހަމަ ކަމަށެވެ. އަދި އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާއި ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ޖަލްސާގެ ކުރިން މި މަސްފެންގަޑުގެ މަސައްކަތް ނިންމަވައިދެއްވި ކަމަށްޓަކައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަށް ވަނީ ޝުކުރު ދަންނަވާފައެވެ.

މަސްފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް މިހާ ކުރު މުއްދަތެއްގައި އެހާ ފުރިހަމަކޮށް ނިންމަވައިދެއްވި ކަމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުންނަށް ޝުކުރު ދަންވަމުން ހުސައިން ފަހުމީ ވިދާޅުވެފައިވަނީ މި މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރާއި މިނިސްޓްރީން ސްޓެލްކޯއަށް ދެއްވިކަމަށްޓަކައި އެކަމަށް ނިހާޔަތަށް ޝުކުރު ދަންނަވާފައެވެ.

މި މަސްފެންގަނޑު މަރާމަތު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވަނީ މިދިޔަ މަހުއެވެ. މިއީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަންފެށި މަސައްކަތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު