Saturday, October 31
ގަވައިދު އާއްމުކުރުމުން ދުންފަތުގެ ވިޔަފާރިކުރެވޭނީ ހުއްދަ ނަގައިގެން: ހެލްތު
ގަވައިދު އާއްމުކުރުމުން ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރެވޭނީ އެކަމުގެ ހުއްދަ ނަގައިގެން ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ (ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ޤާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2024/23) އަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމާއެކު ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ކޮންމެ ފަރާތަކާއި، ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ރާއްޖޭގައި ވިއްކާ ކޮންމެ ފަރާތެއްގެ ކިބައިގައި ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން މި ޤާނޫނުގެ އެ ވުޒާރާއިން ދޫކުރާ ސައްހަ ލައިސެންސެއް އޮންނަން ވާނެ ކަމަށެވެ.

މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުތަކާ ޚިލާފަށް އެއްވެސް ފަރާތަކުން ދުންފަތް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެއަށް އެތެރެކޮށް ނުވަތަ ބޭރުކޮށް، ނުވަތަ ރާއްޖޭގައި ބަހައި، ވިއްކާ ހަދައިގެން ނުވާނެ ކަމަށް ދުންފަތާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބަޔާނުގައި ބުނެފައިވެއެވެ. އަދި ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ހުއްދަތައް ހޯދުމަށް ލާޒިމުވާނީ މި ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މި ހުއްދަތައް ދިނުމުގެ އުސޫލާއި އިޖުރާއަތުތައް ކަނޑައަޅާ ބަޔާންކުރާ ޤަވާއިދު އާންމުކުރުމުން އެ ޤަވާއިދުގައި ކަނޑައަޅާ މުއްދަތުގެ ތެރޭގައި ކަމަށެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު