އާދިއްތަ, November 1
މާލޭ ފަޅުތެރެއިން ކޮންމެ ދުވަހަކުވެސް ކަޅު ކޮތަޅުގެ 50 އަށްވުރެ ގިނަ ކޮތަޅުގެ ޕްލާސްޓިކް!

މާލޭ ފަޅުތެރެއިން ކޮންމެ ދުވަހަކުވެސް ކަޅުކޮތަޅުގެ 50 އަށްވުރެ ގިނަ ކޮތަޅުގެ ޕްލާސްޓިކް ނަގަމުންދާކަން ފާހަގަކޮށް، މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ ސިޓީގެ ފަޅުތެރެ ސާފުކުރުމަކީ ކޮންމެ ދުވަހަކުވެސް ކުރެވެމުންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ފަޅުތެރެއިން ކަޅުކޮތަޅުގެ 50 އަށްވުރެ ގިނަ ކޮތަޅުގެ ޕްލާސްޓިކާއި، އެހެނިހެން ކުނީގެ ބާވަތްތައް ނަގާކަމަށް ކައުންސިލުން ބުންޏެވެ.

ހިތާމައާއެކު ފާހަގަކޮށްލަންޖެހޭ ކަމަކީ ކޮންމެ ދުވަހަކުވެސް ފަޅުތެރެއިން ކަޅު ކޮތަޅުގެ 50 އަށްވުރެ ގިނަ ކޮތަޅުގެ ޕްލާސްޓިކް އަދި އެހެނިހެން ކުނީގެ ބާވަތްތައް ނެގޭތީ، މޫދަށާއި މަގުމައްޗަށް ކުނި ނާޅަމާތޯ.

ޕްލާސްޓިކަކީ އޭގެ ޒާތުގައި ފަނާވެ، ނެތި ދިއުމަށް ވަރަށް ގިނަ ދުވަސްވާ އެއްޗެކެވެ. އެހެންކަމުން މޫދަށް އެފަދަ ތަކެތި އަޅާއިރު، އެއިން ލިބިދާނެ ގެއްލުމަކަށް ވިސްނަންޖެހެއެވެ.

ޕްލާސްޓިކްގެ ބާވަތްތައް މޫދަށް އެޅުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އެގޮތުން ބައެއް ދިރުންތަކުގެ އަދަދު ދުވަހަކަށްފަހު ދުވަހެއް ދަނީ މަދުވަމުންނެވެ. 2017 ގައި ތިމާވެށީގެ އެންޖީއޯއަކުން ހެދި ދިރާސާއަކުން ދައްކާ ގޮތުން ރާއްޖެއިން ފެންނަ މަހުގެ ބާވަތްތައް ވަނީ 2005 ވަނަ އަހަރާ އަޅާބަލާއިރު، %16 ދަށްވެފައެވެ.

މޫދަށް އުކާލާ ޕްލާސްޓިކް ކޮތަޅަކީ އޭގެ ކާނާ ކަމަށް ހީކޮށް ވެލާފަދަ ތަކެތި އެ އެއްޗެހި ކާން އުޅެން ހަދައިގެން ނޭވާހާސްވެގެން ވެސް އެބަ މަރުވެއެވެ.

އެހެންކަމުން ކޮންމެ ފަރުދަކީ ވެސް ކަނޑުތައް ހިމާޔަތްކުރުމަށާއި، ޕްލާސްޓިކް ކުނި މަދުކުރުމަށް މަސައްކަތް ކުރާ މީހަކަށް ވާންޖެހެއެވެ.

މިދިޔަ ސެޕްޓެމްބަރުގައި އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ތަގުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޕްލާސްޓިކުން ކަނޑުތައް ތަޣައްޔަރުވުމުގެ މައްސަލައާއި، ދިރުންތައް ހިމާޔަތްކުރުމާއި، ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ދިރުންތައް ހިމާޔަތްކުރުމުގައި އިތުރު ބާރެއްލައިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު