އާދިއްތަ, November 1
4 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބްރެޒިލްގެ އަންހެން މީހާގެ ބަންދަށް އިތުރު 30 ދުވަސް

މިދިޔަ އޮކްޓޫބަރު މަހުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި ބްރެޒިލްގެ އަންހެން މީހާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފިއެވެ.

އޮކްޓޫބަރު 5 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ އެސްޓަ ރަމިނެއްލި އޮލިވެއިރާ (33 އ) ކިޔާ މީހެކެވެ.

އޭނާ ރާއްޖެ އައިއިރު ގެނައި ދަބަހުގައި ކޮންސީލް ކޮށްފައިވާ 4 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެެއެވެ. އޭނާއަށް އެ ދަބަހާ ގުޅޭ އިތުރު މައުލޫމާތު ނޭނގޭތީ ކޮންޓްރޯލް ޑެލިވަރީ ޖައްސަން އެއްބާރުލުން ނުދެވުނީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލާގައި އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އެއަށްފަހު ބަންދަށް އިތުރުކުރީ 30 ދުވަހެވެ.

އެ މުއްދަތު ހަމަވާތީ އިއްޔެ ވަނީ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އެގޮތުން ގާޒީ އިބްރާހިމް އިޙްސާން ވަނީ އިތުރު 30 ދުވަހަށް އެސްޓަ ބަންދުކުރުމަށް އަމުރުކުރައްވާފައެވެ.

މީގެކުރިން ކޯޓުން ނެރުނު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން އެސްޓަ އަކީ މާބަނޑު އަންހެނެކެވެ. އަދި އޭނާގެ އެއްފަޅި ވާގިނެތިފައިވާ ކަމަށް ބުނެފައިވެެއެވެ.

އޭނާއަކީ ބަލި މީހެއް ކަމަށް އޭނާގެ ފަރާތުން ފާހަގަކުރާތީ އެކަން އިތުރަށް ބެލުމަށް ކޯޓުން ވަނީ ފުލުހުންނަށް އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު