Saturday, October 31
ފަލަސްތީނުގެ ހައްގުގައި އެއްވެސް ސަރުކާރަކުން ނުކުރާ މަަސައްކަތް މި ސަރުކާރުން ވަނީ ކޮށްފައި: ޕީއެންސީ

ފަލަސްތީނުގެ ހައްގުގައި މީގެކުރިން އެއްވެސް ސަރުކާރަކުން ނުކުރާ މަަސައްކަތް މި ސަރުކާރުން ކޮށްފައިވާ ކަމަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ހުއްޓުމެއްނެތި ހަލުވިކޮށް ކުރިއަށްދާނެ ކަމުގައި ބަޔާންކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ.

ޕީއެންސީން ބުނީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ބައިނަލްއަގުވާމީ މަސްރަހުގައި އެންމެ ހަރުއަޑުން ކުށްވެރިކުރައްވައި، ފަލަަސްތީނު ރައްޔިތުންނަށްޓަކައި އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ މިނިވަން މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށާއި، ޣައްޒާއަށް އިންސާނީ އެހީތެރިކަން ހުއްޓުމެއްނެތި ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމަށާއި، އިޒްރޭލުގެ އަނިޔާވެރި އަމަލުތަކާމެދު ޖަވާބުދާރީކުރުވުމަށް އެންމެ ވަރުގަދައަށް ވަކާލާތުކުރައްވާ އެއް ލީޑަރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.

ދިވެހިރާއްޖޭގައި މީގެކުރިން އެއްވެސް ސަރުކާރަކުން ނުކުރާ މަަސައްކަތް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރާކަން ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ވެސް މީޑިއާގައި ފާހަގަކުރައްވަމުންދާ ކަމަށް ވެސް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެންމެ ބޮޑު މާލީ އެހީތެރިކަމެއްވެދިނީ ވެސް ޕީއެންސީ ސަރުކާރު ހިންގުމުގައި މި ހޭދަކުރި އެއް އަހަރުގައި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ބަޔާން ނިންމާލަމުން ޕީއެންސީން ބުނެފައިވަނީ މި ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ފަލަސްޠީނުގެ ރައްޔިތުންނާއެކީގައި ކަމަށެވެ. އަދި އެ މައުސޫމު މުސްލިމު އަޚުންނާއި އުޚުތުންގެ ހައްގުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުންމަތީ ދެމިތިބޭނެ ކަމަށް ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު