އާދިއްތަ, November 1
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރަން ބާއްވާ ޖަލްސާގައި އެމްޑީޕީ މެންބަރުން އަޑުގަދަކުރަނީ

ރައްޔިތުންގެ މަޖިލީހަށް، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރަން ބާއްވާ ޖަލްސާގައި އެމްޑީޕީ މެންބަރުން އަޑުގަދަ ކުރަންފަށައިފި އެވެ.

މިއަދު ހަވީރު ބޭއްވި މަޖިލިސް ޖަލްސާގައި ބިލު ފާސްކުރަން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ، ކޮމިޓީން ބިލު ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުއްވުމާއެކު އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ އަޑުގަދަ ކުރަން ފަށައިފައެވެ.

ޖަލްސާ ފެއްޓެވި ގަޑީގައި ދުންމާރި ފުމޭތީ އެކަން ނުކުރުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިމްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އެންގެވި އެވެ. ނަމަވެސް އޭގެ ފަހުންވެސް އެމްޑީޕީގެ މެންބަރުން ވަނީ ރިޔާސަތުގެ ކުރިމަތީގައި "ގާނޫނުއަސާސީގެ ދިފާއުގައި ދިވެހިން" ޖަހާފައިވާ ބެނާއަކާއެކު އަޑުގަދަކޮށްފަ އެވެ.

އެމްޑީޕީއިން ކަންބޮޑުވުން ފާޅުކުރަމުންދަނީ ސިޔާސީ ޕާޓީ ބަދަލުކޮށްގެން ގޮނޑި ގެއްލޭނެ ކަމަށް ބުނާ އިސްލާހެވެ. އެ އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީސް ސަރަަހައްދުގައި ވެސް ދަނީ އިހުތިޖާޖުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު