އާދިއްތަ, November 1
މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ހޯމް ޓީމުން އާއިލީ ހަވީރެއް ބާއްވަނީ

މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ހޯމް މިނިސްޓްރީން އާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ހޯމް ޓީމުން ކުރިއަށްގެންދާ އާއިލީ ހަވީރު އޮންނާނީ މި މަހުގެ 22 ވާ ހުކުރު ދުވަހު ހަވީރު 16:00 އިން 18:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ.

މި އާއިލީ ހަވީރު ވަނީ ހުރިހާ އެންމެންނަށް ވެސް ހުޅުވާލެވިފައެވެ. އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރެއްވުމަށް މި ހަވީރަށް ޒިޔާރަތްކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގާ މުއައްސަސާތަކަކީ ނުވަތަ ހޯމް ޓީމުގައި ހިމެނެނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާއި، މޯލްޑިވްސް އިމިގްރޭޝަނާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، ލޭބަރ ރިލޭޝަން އޮތޯރިޓީއާއި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާއި، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު