މި ރަސްމިއްޔާތުގައި މޭޔަރ އާދަމް ޢާޒިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ހުނަރުވެރި މަސައްކަތްތެރިންގެ އެއް ގިންތިއަކީ "އެންޓަރ ޕްރިނިއަރސް" ޚިޔާލެއް މައްޗަށް ވިޔަފާރިއެއް އުފައްކޮށް އެއިން ނަފާހޯދުން ކަމަށާއި، މި ފަދަ ފަރާތްތައް ދިވެހި ޒުވާނުންގެ ތެރެއިން މަދުން ނަމަވެސް ފެންނަމުންދާތީ އުފާކުރައްވާ ކަމަށެވެ.
މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވީ ހުނަރުވެރި މަސައްކަތްތެރިން އުފެދުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ސަރުކާރަށް ބަރޯސާނުވެ، ޢާމްދަނީ ހޯދާނެ މަގު ފަހިވެގެން ދިއުން ކަމަށާއި އެހެންކަމުން ހުނަރުވެރި މަސައްކަތްތެރިން އުފެދުމުން، އެ މީހުންގެ އެ ހުނަރު ބޭނުންކޮށްގެން އަމިއްލައަށް ވަޒީފާ އުފައްދާނެ ކަމަށެވެ.
މި އަދު މި ފެށި، ހުނަރުވެރި މަސައްކަތްތެރިންގެ 100 މީހުން ތަމްރީނު ކުރުމުގެ މި ޕްރޮގްރާމުގައި، ޖުމުލަ ހިމެނެނީ ކުރު މުއްދަތުގެ 6 ކޯހެވެ. މީގެ ކޮންމެ ކޯހެއްގެ މުއްދަތަކީ 5 ދުވަހެވެ. މި ކޯސްތަކުގެ ތެރޭގައި ހިމެނޭނީ ދިގު ހެދުމާއި، ދިވެހި ލިބާސް ފެހުމާއި، ކަސަބު ބޯވަޅު ލިބާހުގައި އަޅާ ހިރުގެތުމާއި، އަތްތެރި މަސައްކަތުގެ ތެރޭގައި ހިމެނޭ ވުޑްކާވިންއާއި އިލެކްޓްރިކް މަސައްކަތާއި އަދި އެއަރ ކަންޑިޝަނާއި ރެފްރިޖްރޭޝަންގެ މަސައްކަތެވެ.





