އާދިއްތަ, November 1
ކެންގަރޫ ކިޑްސްގެ ދަރިވަރުން ތިނަދޫ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފި

ކެންގަރޫ ކިޑްސް ބިލަބޮންގް ހައި އެމްއެމް އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން، ތިނަދޫ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފި އެވެ.

އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކެންގަރޫ ކިޑްސް - ބިލަބޮންގް ހައި އެމްއެމް އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނަށް ވަނީ ޒިޔާރަތްކޮށްފައި ކަމަށެވެ.

އިއްޔެ ކުރިއަށްދިޔަ މި ޒިޔާރަތުގައި އެ ސްކޫލުގެ 20 ދަރިވަރުން ވަނީ ބައިވެރިވެފައި ކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.

އެމްއެންޑީއެފް އިން ބުނީ މި ޒިޔާރަތުގައި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭގޮތުން މަޢުލޫމާތުދީ، އަލިފާން ނިއްވުމުގައި ބޭނުންކުރާ ވަޞީލަތްތަކާއި އުޅަނދުތަކުގެ މަޢުލޫމާތާއި، އެ ތަކެތި ބޭނުންކުރާ ގޮތްތައް ވަނީ ދަރިވަރުންނަށް ދައްކާލާފަ ކަމަށެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު