އާދިއްތަ, November 1
ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަން އިއުލާން ކޮށްފި

ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަން އިއުލާން ކޮށްފި އެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހޭންވޭރު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ހއ. ފިއްލަދޫ / ލޫވަރ، ޢިމްރާން މުޙައްމަދު (32އ) އެވެ.

ފުލުހުން ބުނީ ޢިމްރާން މުޙައްމަދު އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9400054 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފަ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު