އާދިއްތަ, November 1
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި މީހަކު ހޯދަން އިއުލާން ކޮށްފި

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ އަޙްމަދު ފާރިޝް، ތ. ބުރުނި / އަހިމާގެ (36އ) އެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަޙްމަދު ފާރިޝް ހޯދަން އިއުލާން ކުރީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުޅުމާލެ ޓްރެފިކް ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރުމަށެވެ.

ފުލުހުން ބުނެފައިވަނީ މި މީހާ ތަހުގީގަށް ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށެވެ.

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް، 2024 ނޮވެންބަރު 28 ވަނަ ދުވަހުގެ 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރު ވުމަށް ފުލުހުން ވަނީ އެ މީހާއަށް އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު