Tuesday, November 17
ބުރިޖުމަތީ އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

ސިނަމާލޭ ބުރިޖު މަތީގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ ބުރިޖު އެއާޕޯޓު ކައިރިން ސައިކަލެއް ފެންސުގައި ޖެހި ހާދިސާއެއް ހިނގާފައިވާ ކަމަށް މިއަދު 05:25 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި، އެ ސައިކަލުގައި އިން މީހާއަށް އަނިޔާވެގެން އައި.ޖީ.އެމް.އެޗް ގައި ފަރުވާދެމުންދާ ކަމަށާއި، އެއީ 53 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން، އެކްސިޑެންޓުގައި އަނިޔާވި އެ މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު