މިމުބާރާތުގެ ވަނަވަނައަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
ޤުރުއާން މުބާރާތުގެ ކޮންމެ އުމުރުފުރައެއްގެ ކޮންމެ ގޮއްޕަކުން:
• 1 ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް • 2 ވަނަ - /5000ރ، ކްލާކާއި ސެޓްފިކެޓް • 3 ވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓްޤުރުއާން މުބާރާތުގެ ކޮންމެ ގޮއްޕަކުން މުޅި މުބާރާތުން:
• 1 ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް • 2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް • 3 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓްމަދަޙަ މުބާރާތު ގައި ބައިވެރިވެވޭ ޢުމުރުފުރާތަކަކީ ވެސް 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2024 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ މަދަޙަ ކިޔުން އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއްނުވެއެވެ. އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. އަދި ކޮންމެ އުމުރުފުރާއަކުން، 1 ވަނަ ، 2 ވަނަ 3 ވަނަ އާއި މުޅި މުބާރާތުން 1 ވަނަ 2 ވަނަ 3 ވަނަ ހޮވޭނެއެވެ.
މަދަޙަ މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން:
• 1 ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް • 2 ވަނަ -/5000ރ، ކްލާކާއި ސެޓްފިކެޓް • 3 ވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓްމަދަޙަ މުބާރާތުގެ މުޅި މުބާރާތުން:
• 1 ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް • 2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް • 3 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓްމި ދެ މުބާރާތުގައިވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 19 ނޮވެމްބަރ 2024 ގެ ހެނދުނު 09:00 އިން ފެށިގެން 30 ނޮވެމްބަރ 2024 14:00 ގެ ނިޔަލަށެވެ.
މި ދެ މުބާރާތުގައި ބައިވެރިވާ ދަރިވަރުން އިތުރު މަޢުލޫމާތެއް ހޯދަން ބޭނުންވާ ނަމަ މާލެ ސިޓީ ކައުންސިލްގެ ކޯލްސެންޓަރ 1622 އަށް ގުޅުމަށް ކައުންސިލުން ބުނެފައި ވެއެވެ.






