Saturday, October 31
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަނީ

ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރު ހިންގާ، ޕީއެެންސީން ނިންމައިފިއެވެ.

"ސަބަބު"އަށް ކަށަވަރުވެފައިވާ ގޮތުގައި ގާނޫނަށް އެ އިސްލާހު ގެންނަން ޕީއެންސީން ބިލެއް ޑްރާފްޓުކޮށް، މާދަމާގެ މަޖިލިސް ޖަލްސާގައި އެ ބިލު ފާސްކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

އެނގިފައިވާ ގޮތުގައި ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުން މިއަދު އެކަމާ ގުޅޭ ބައްދަލުވުމެއް ބާއްވާފައިވާ އިރު، ބައެއް މެންބަރުން ވަނީ އެ ބިލާ ދެކޮޅު ހަދައިފައެވެ. ނަމަވެސް ޕީޖީ ގްރޫޕުން ނިންމާފައިވަނީ މާދަމާގެ ޖަލްސާގައި އެ ބިލު ފާސްކުރުމަށެވެ.

އެ ބިލުގައި މެމްބަރުން މަގާމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައި ހަތަރު ހާލަަތަކާ ގުޅިގެން ނެވެ.

އެގޮތުން އަމިއްލަ މެންބަރަކު ޕާޓީއަކާ ގުޅުމާއި، އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުން، އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ޕާޓީން ވަކިކޮށްފިނަ ގޮނޑި ގެއްލޭނެ ކަމަށް ބުނެފައިވެ އެވެ.

ނިމިގެން ދިޔަ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުން ވެސް ގޮނޑި ގެއްލޭގޮތަށް ބިލެއް ފާސްކުރި އެވެ. އަދި އެ ބިލު ރައިސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުވެސް ކުރެއްވި އެވެ.

އެހެން ނަމަވެސް  ތަސްދީގުކުރި އެންޓި ޑިފެކްޝަން ގާނޫނުގައި ބާގަނޑުތަކެއް ހުރިކަމަށް ގާުނޫނީ ވަކީލުން ބުނެފައި ވެއެވެ. އަދި އެންޓި ޑިފެކްޝަންގައި ހިމެނޭ މާއްދާތައް ގާނޫނު އަސާސީއާ ތައާރަޒުވާކަމަށް ވެސް ބުނެފައިވެ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު