Saturday, October 31
ލަމްހާ ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ ހަލީމަތު ލަމްހާ، ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މޭރީ މަރާލި މައްސަލައިގައި މޭރީގެ ފިރިމީހާ، މާވިން އެސްވައިގެ މައްޗަށް އޭނާ މަރާލިކަމުގެ ދައުވާ ކޮށްފައިވާއިރު، ލަމްހާގެ މައްޗަށް އުފުލާފައިވަނީ މޭރި މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާއެވެ. މި މައްސަލައާ ގުޅިގެން ޝަރުތުތަކަކާއެކު ލަމްހާ ބަންދުން ދޫކޮށްލުމަށް މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ނިންމީ، ދައުލަތުން އެކަމާ ދެކޮޅު ހަދާފައި ވަނިކޮށެވެ.

ލަމްހާ ބަންދުން ދޫކޮށްލުމަށް މިދިޔަ އަހަރުވެސް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، އެ އަމުރު ގޯސްކަމަށް ނިންމައި ހައި ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު