އާދިއްތަ, November 1
އިއްޔެ ކުރި ވިއްސާރައިގައި ކުރެންދޫގެ 104 ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ: އެންޑީއެމްއޭ

އިއްޔެ ކުރި ވިއްސާރައިގައި ޅ.ކުރެންދޫގެ 104 ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.

އެންޑީއެމްއިން ބުނީ ބޯކޮށް ވާރޭވެހި، ކުރެންދޫގައި ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ދިރިނޫޅެވޭ ހާލަތަށް ގޮސްފައިވާ ގެތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި، ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި 104 ގެއަކަށް ފެން ވަދެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލުން މިވަގުތު ކުރަމުންދާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

އެންޑީއޭއިން ބުނީ ވިއްސާރައިގައި ގެއްލުން ލިބިގެން މިހާތަނަށް އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވަނީ ކުރެންދޫގެ އިތުރުން ސ.ފޭދުއާއި، ދ.ބަނޑިދުއާއި، ދ.ހުޅުދެލިންނެވެ.

ރާއްޖެއަށް މިހާރު ވިއްސާރަކުރަމުންދަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް މި ސަރަހައްދުތަކުގައި އުފެދިފައިވާ ލޯ ލެވެލް ސާރކިއުލޭޝަންއަކާއި ގުޅިގެންނެވެ.

އެގޮތުން މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވަނީ ލަފާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު