އާދިއްތަ, November 1
ސައިބަރ ބުލީންގ އަދި ގަނާކުރުމާ ގުޅޭ ގޮތުން ޖަލާލުއްދީން ސްކޫލުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

ސައިބަރ ބުލީންގއާއި ގަނާކުރުމުގެ މައްސަލަތަކުން ދަރިވަރުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންގޮސްފިއެވެ.

މި މަހު 18 ވަނަ ދުވަހު ޖަލާލުއްދީން ސްކޫލުގައި ކުރިޔަށް ގެންދިޔަ މި ސެޝަނުގައި އެ ސްކޫލުގެ 56 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި ސެޝަނުގައި ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުން ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ސައިބަރ ބުލެކްމެއިލް އަދި ސައިބަރ ބުލީންގެ މައްސަލަތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ވަނީ ދަރިވަރުންނަށް ދީފައެވެ.

އެގޮތުން ސްކޫލު މާހައުލާއި އެހެނިހެން ތަންތާގައިވެސް ގަނާ ކުރުމުގެ އެއްވެސް އަމަލެއް ނުހިންގުމަށާއި ގަނާ ކުރުމުގެ ނޭދެވޭ މައްސަލަތަކުން ދުރުހެލިވުމުގެ އިތުރުން އެފަދަ މަންޒަރެއް ފެނިއްޖެނަމަ އެކަން ހުއްޓުވުމަށް ކުރިވިދާނެ ކަންކަން ވަނީ ދަރިވަރުންނަށް ހިއްސާކޮށްފައެވެ.

އަދި އެފަދަ މައްސަލަތަކުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ކަންކަމާއި އެކަމުގެ ސަބަބުން ނުކުންނާނެ ނުރަނގަޅު ނަތީޖާގެ އިތުރުން ގަނާގެ ޝިކާރައަކަށްވާ ކުދިންނަށް އެކަމުގެ ސަބަބުން ކުރިމަތިވާނެ ގެއްލުންތައް ކިޔައިދީ އެފަދަ އަމަލެއް ފެނިއްޖެނަމަ އެކަން ހުއްޓުވުމަށް ދަރިވަރުންނަށް ވަނީ ނަސޭހަތްތެރި ވެފައެވެ.

މި ފަހަކަށް އައިސް ރާއްޖޭގައި ގަނާ ކުރުމުގެ މައްސަލަތައް އަންނަނީ އިރުރުވަމުންނެވެ.

މި ސެޝަނަކީ ކުޅުދުއްފުށީ ޕޮލިހާއި ޖަލާލުއްދީން ސްކޫލު ގުޅިގެން ކުރިޔަށް ގެންގޮސްފައިވާ ސެޝަނެކެވެ.

މި ފަހުން އާންމުން ހޭލުންތެރި ކުރުމަށްޓަކައި ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގެ ފަރާތުން އަންނަނީ ރަށްރަށުގައި އެކިކަހަލަ މައުލޫމާތު ދިނުމުގެ ސެޝަންތައް ބާއްވަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ވަނީ ބ.ތުޅާދޫ ސްކޫލުގެ ސްކައުޓް ކުދިންނަށް ހާއްސަކޮށްގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި ގުޅޭގޮތުންނާއި ޅ.ކުރެންދޫގައި ގެވެށި އަނިޔާއިން ރައްކާތެރިވުގެ މައުލޫމާތު ސެޝަންތަކެއް ކުރިޔަށް ގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު