Monday, November 23
ނިލަންދޫގައި 1،500 ޓަނުގެ ކާރުހާނާއެއް އަދި ކޫއްޑޫގައި އިތުރު 4،000 ޓަނުގެ ކާރުހާނާއެއް

ފ. ނިލަންދޫގައި 50 ޓަނުގެ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަކާއި 1500 ޓަނުގެ މަސްފިނިކޮށް ރައްކާކުރާނެ ކާރުޚާނާއެއް އެޅުމަށް ޗައިނާގެ ދޮންގފަންގ އިލެކްޓްރިކް އިންޓަނޭޝަނަލާއި އެކު ފަހުމުނާމާއެއްގައި ސޮއިކޮށް މަސައްކަތް ފަށާފައިވާ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން ވަނީ މިއީ ރާއްޖޭގެ މަސްވެރި ސިނާއަތަށާއި ޕްރޮސެސިންގ ސިނާއަތައް ލިބިގެންދާ ބޮޑު ކުރިއެރުމެއް ކަމުގައި ބުނެފައެވެ.

ފ. އަތޮޅުގައި އަޅާ މަސް ކާރުޚާނާއަކީ މެދުރާއްޖެތެރޭގައި އަޅާ އެންމެ ބޮޑު މަސް ކާރުޚާނާއެވެ. މިއީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުފުޅުކަމަށްވާ ދިވެހިރާއްޖޭގެ މަސް ރައްކާކުރުމުގެ ކެޕޭސިޓީ ދެގުނަކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން މުޅިން އަލަށް ފަށާ މަޝްރޫއެކެވެ.

ދިވެހިން ބާނާ މަސް ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރުމުގެ ބަދަލުގައި ރާއްޖޭގައި މަހުގެ އަގުއެއްކޮށް އެކްސްޕޯޓްކުރުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެކެވެ. މިގޮތުން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ އެހީއާއެކު ކޫއްޑޫގައި އިތުރު 4000 ޓަނުގެ ސްޓޯރޭޖު އިތުރުކުރުމުގެ މަސައްކަތް އިންޑިއާގެ ލަކީ ގްލޯބަލް ޕްރޮޖެކްޓް ޕްރައިވެޓް ލިމިޓެޑާއެކު މިހާރު ވަނީ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައެވެ. މި މަސައްކަތް ނިންމޭނެ ކަމަށް ލަފާކުރަނީ 2025 ވަނަ އަހަރު އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު