Saturday, October 31
މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ އާޓް އެގްޒިބިޝަނަށް އާޓްވޯކް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އަހަރު ފާހަގަކުރާ 44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އާޓް އެގްޒިބިޝަނަށް އާޓްވޯކް ހުށަހެޅުމުގެ މުއްދަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިތުރުކޮށްފިއެވެ.

44 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މާލޭގައި އާޓް އެގްޒިބިޝަނެއް ބާއްވަން ނިންމާފައިވަނީ ޑިސެމްބަރު 12 އިން ފެށިގެން 14 އަށެވެ.

މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އާޓް އެގްޒިބިޝަނަށް އާޓްވޯކް ހުށަހެޅުމުގެ މުއްދަތު ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް މިހާރު އިތުރުކުރެވިފައިވާ ކަމަށެވެ.

މި އާޓް އެގްޒިބިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ކަމާގުޅޭ ފޯމް https://forms.gle/WGtdvzT3zNKXLzFT7  ފުރިހަމަ ކުރެއްވުމަށްފަހު ސުންގަޑީގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.

މިނިސްޓްރީން ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު