އާދިއްތަ, November 1
ހުޅުމާލެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމް ބޮޑުކުރަން އާރުޑީސީއަށް

ހުޅުމާލެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމް ބޮޑުކުރަން ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތުގައި ރޯޑް ކޯޕޮރޭޝަނުން މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ހުޅުމާލޭ ހޮސްޕިޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މާލެ ގުރޫފް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

އާ ހިދުމަތްތަކާއެކު ޓާޝަރީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވީ މިދިޔަ ހޮނިހިރު ދުވަހުގަ އެވެ.

މިވަގުތު ހުޅުމާލޭ ހޮސްޕިޓަލުގައި ހުރީ ހަތް އެނދުގެ އިމަޖަންސީ ރޫމެއް ކަމަށާއި، ނަމަވެސް މި މަޝްރޫއުގެ ދަށުން ޒަމާނީ ވަސީލަތްތަކާ އިތުރު އިމެޖަންސީ އެނދުތަކާއި، ކްރިޓިކަލް ހާލަތްތަކުގައި ފަރުވާ ދިނުމަށް ހާއްސަ ކުރެވޭ ރިސަސްއެއް ގާއިމް ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި އަލަށް ފެއްޓި ހިދުމަތް ތަކުގެތެރޭގައި 10 އެނދުގެ އައިސީޔޫ، ނިއޯނޭޓަލް ވެންޓިލޭޓާ ހިމެނޭ 14 އެނދުގެ އެންއައިސީޔޫ ،ސްޓެރައިލް ސާވިސް ޑިޕާޓްމަންޓް ސީއެސްއެސްޑީ އެއް އަދި މުޅިން އާ 4 އޮޕަރޭޝަން ތިއޭޓަރު ހިމެނެއެވެ.

މި މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފައިވަނީ ދެ މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާގޮތަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު