އާދިއްތަ, November 1
ގޭންގް ކުށްތަށް ހުއްޓުވަން ކުރެވުނު މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުވެއްޖެ

މިދިޔަ ސަރުކާރުގެ ފަހު އަހަރާ އަޅާބަލާއިރު މި ދައުރުގެ ފުރަތަމަ އަހަރުގައި ގޭންގް ކުށްތަކާ ގުޅިގެން ތަހުގީގުކޮށް ދައުވާކުރެވުނު އަދަދު ނިސްބަތުން އިތުރުވެއްޖެއެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ ޖަނަވަރީ 2023 އިން 16 ނޮވެމްބަރު 2023 އާ އަޅާބަލާއިރު މި ދައުރުގައި ގޭންގް ކުށްތަކާ ގުޅިގެން ތަހުގީގުކޮށް ދައުވާކުރެވުނު އަދަދު ވަނީ ނިސްބަތުން އިތުރުކުރެވިފައިވާ ކަމަށާއި، މި ދައުރުގައި ގޭންގް ކުށްތައް ހުއްޓުވަން ޕެޓްރޯލް ކުރުން ނިސްބަތުން އިތުރުކުރެވިފައިވާ ކަމަށެވެ.

ހައްޔަރުކުރެވިފައިވާ ޖުމްލަ މީހުންގެ އަދަދު:

މިދިޔަ އަހަރު 44
މި އަހަރު 105

ދައުވާ ކުރެވުނު މީހުންގެ އަދަދު:

މިދިޔަ އަހަރު 35
މި އަހަރު 65

ހުއްޓުވައި ސުވާލު ކުރެވުނު އަދަދު:

މިދިޔަ އަހަރު 5407
މި އަހަރު 20,597

ކުޑަކުދިން ހުއްޓުވައި ސުވާލު ކުރެވުނު އަދަދު:

މިދިޔަ އަހަރު 341
މި އަހަރު 2315

ސަރަހައްދުތައް ޗެކްކުރެވުނު އަދަދު:

މިދިޔަ އަހަރު 17314
މި އަހަރު 106,174

އުޅަނދުތައް ފާސްކުރެވިފައިވާ އަދަދު:

މިދިޔަ އަހަރު 42
މި އަހަރު 3043

ޗެކްކުރެވުނު އުޅަނދުތައް:

މިދިޔަ އަހަރު 41
މި އަހަރު 2658

ގޭންގް ކުށްތައް ހުއްޓުވަން މިއަހަރު ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގައި ގޭންގް ކްރައިމްތަކަށް ޚާއްސަ ވަކި ވިންގެއް ވަނީ އުފައްދާފައެވެ. އަދި ގޭންގް ކުށްތައް މަނާކުރުމާބެހޭ ގާނޫނު ވުޖޫދުވިތާ 14 އަހަރުވެފައިވީއިރު، އެ ގާނޫނުގެ ދަށުން ދައުވާއެއް އުފުލިފައިނުވާތީ ގޭންގް ކުށްތައް ހުށްޓުވުމަށް މުޅިން އާ ބިލެއް ވަނީ ފަރުމާކުރެވިފައެވެ.

މީގެއިތުރުން ނުރައްކާތެރިކޮށް ދުއްވާ ވެހިކަލްތަކާއި އެފަދަ ގޭންގް މެންބަރުން ދެނެގަނެ އެފަދަ އުޅަނދުތައް ޓޯކުރަން ފަށާފައިވާއިރު، ގޭންގްތަކާ ގުޅިފައިވާ އަދި ގުޅުމުގެ މަރުހަލާގައި ތިބި ކުޑަކުދިންގެ ލިސްޓެއް ތައްޔާރުކޮށް އެ ކުދިން ކުށުގެ ވެށިން ދުރުކުރުމަށްޓަކައި ވަނީ ފިޔަވަޅު އަޅަން ފަށާފައެވެ. އަދި
މާލެއާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވެ އުޅޭ ހޮޓްސްޕޮޓްސް މެޕްކޮށް، 24/7 ޕެޓްރޯލްކޮށް، ދަނީ ބަލަހައްޓަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު