Saturday, October 31
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ފިޝަރީޒް މިނިސްޓްރީން ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ފިޝަރީޒް މިނިސްޓްރީން
ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަން ނިންމައި، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ސަރުކާރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ މިނިސްޓްރީއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 6 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި މުބާރާތަކީ ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކުގެ ދަށުން ރަޖިސްޓަރކޮށްފައިވާ ނުވަތަ އަމިއްލަގޮތުން ރަޖިސްޓަރކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 24 ނޮވެމްބަރު ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، އިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ އާއްމު ގަވާއިދުގައިވާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމް ފުރިހަމަ ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންނަމަ 3339225 / 3339270  އާ ގުޅުމަށް ވަނީ އެދިފައެވެ.

ފަރުމަސްވެރިކަމުގެ މުބާރާތާގުޅޭ އާއްމު ގަވާއިދު އިއުލާނާއެކު ވަނީ އެއްކަރުދާސް ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު