އާދިއްތަ, November 1
ކުރިއަށް އޮތް ތިން ދުވަހު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ: މެޓް އޮފީސް

ކުރިއަށް އޮތް ދުވަހު ވެސް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން މިއަދު ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ވިއްސާރަ ކުރަމުންދަނީ ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް ރާއްޖެ ސަރަހައްދުތަކުގައި އުފެދިފައިވާ ލޯ ލެވެލް ސަރކިއުލޭޝަންއަކާއި ގުޅިގެން ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށާއި، އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑުކުރެވިފައިވަނީ އައްޑޫ ސިޓީގެ ހިތަދުއަށް ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި ހިތަދުއަށް 110 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ސަރަހައްދަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު