އާދިއްތަ, November 1
މިވަގުތު 147 ރަށެއްގައި ފުލުހުންގެ ހިދުމަތް ދެމުން އެބަދޭ: ކޮމިޝަނަރ

ރާއްޖޭގައި ފުލުހުންގެ ހިދުމަތް ފުޅާ ކުރުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ތެރެއިން، ފުލުހުންގެ ހިދުމަތް މިވަގުތު 147 ރަށެއްގައި ދެމުން އެބަދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

އަލީ ޝުޖާއު ވިދާޅުވީ ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި ކަމަށެވެ. މި އަހަރުވެސް އިތުރު 23 ރަށެއްގައި އަލަށް ފުލުހުންގެ ހިދުމަތް ދޭން ފަށައިފައި ވާނެ ކަމަށެވެ. އަދި މިވަގުތު މީހުން ދިރިއުޅޭ 147 ރަށެއްގައި ފުލުހުންގެ ހިދުމަތް ދެމުން އެބަދާ ކަމަށެވެ.

"މުޅި ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ފޯރުކޮށް ދިނުމަކީ ސަރުކާރުން އަޅުގަނޑުމެންނާއި ހަވާލުކޮށްފައި އޮތް މަސައްކަތެއް" ޝުޖާއު ވިދާޅުވި އެވެ.

އަދި 2026 ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު