މިއަންނަ ރޯދަމަހު ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ހިލޭ ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވަމުން އަންނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް މުޢިއްޒު ވަނީ ނިމިގެންދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ޚަރަދުގައި، ދައުލަތުގެ ހިލޭ އެހީގެ ދަށުން ރައްޔިތުންނަށް ދެވިފައިވާ ބައެއް އެހީތަކާއި، އަދި ދެވުނު ބައެއް ލުއި ތަކުގެ މައްޗަށް ވާހަކަދައްކަވާފަ އެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ވަނީ މިދިޔަ ރޯދަމަހު ކަރަންޓް ބިލުން ޑިކްސްކައުންޓް ދީފައިކަމަށެވެ. އެގޮތުން ކަރަންޓް ބިލުން މިދިޔަ ރޯދަމަހު 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާކަަމަށެވެ. މީގެއިތުރުން މިދިޔަ ރޯދަމަހު 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑު ދޫކޮށްފައިވާކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އަދި މިދިޔަ ރޯދަމަހުގައި ރާއްޖޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ކާޑުގެ ބާވަތްތައް ދިންކަން ވަނީ ފާހަގަކުރައްވައިފައެވެ. ކުރިއަށް އޮތް ރޯދަ މަހު ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް ހިލޭ މަސް ކޭހެއް ދިނުމަށް އެސްޓީއޯއަށް ވާނީ އަންގަވާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން