އާދިއްތަ, November 1
ސީޓު އެއަރ ކާގޯ ޚިދުމަތުން މިހާތަނަށް 3 މިލިޔަނަށްވުރެ ގިނަ ޑޮލަރު އިގުތިސާދަށް ވަދެއްޖެ: ވަޖީހް

ސީޓު އެއަރ ކާގޯ ޚިދުމަތުން މިހާތަނަށް 3 މިލިޔަނަށްވުރެ ގިނަ ޑޮލަރު ރާއްޖޭގެ އިގުތިސާދަށް ވަދެފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ވަޖީހް މިހެން ވިދާޅުވީ ސީޓު އެއަރ ކާގޯ ޚިދުމަތާ ގުޅިގެން
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޖީހް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރެއްވުމަށްޓަކައި، ވެރިކަމުގެ ފުރަތަމަ އަހަރު ފެށްޓެވި މަސައްކަތްޕުޅުތަކުގެ ތެރޭގައި ހިމެނޭ "ސީޓު އެއަރ ކާގޯ" ގެ ޚިދުމަތް ވަރަށް ބާރަށް ފުޅާވަމުންދާ ކަމަށެވެ. މިއީ ރާއްޖޭގެ އިގުތިސާދަށް ބޮޑު މަންފާއެއް ކުރާނެ ސިނާއާތެއްގެ ގޮތުގައި ތަރައްގީވަމުންދާ ކަމަށް ވެސް ވަޖީހް ވިދާޅުވިއެވެ.

ސީޓު އެއަރ ކާގޯ ޚިދުމަތް ފެށީ މިއަހަރުގެ މެއި މަހުގައެވެ. ވަޖީހް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން މިހާތަނަށް 3 މިލިޔަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ރާއްޖޭގެ އިގުތިސާދުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.

ވަޖީހް ވިދާޅުވި ގޮތުގައި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ކަނޑު މަގުން ރާއްޖެ އައި 210 ކޮންޓެއިނަރ އިން 1008000 ކިލޯގެ މުދާ ދުނިޔޭގެ އެކި ގައުމުތަކަށް ވައިގެ މަގުން ވަނީ ފޮނުވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މުދާ ރާއްޖެއިން ބޭރަށް ގެންދިއުމުގައި 9 އެއާލައިނަކުން ބައިވެރިވެއެވެ. މުދާ ފޮނުވޭ ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި، ކެނެޑާއާއި، އިނގިރޭސިވިލާތާއި ޔޫރަޕުގެ ގައުމުތައް ހިމެނެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު