Tuesday, November 10
ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު: ރާއްޖެ އައި ކާގޯގެ ޢަދަދު ބޮޑުތަނުން އިތުރު

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު، ރާއްޖެ އައި ކާގޯގެ ޢަދަދު ވަރަށް ބޮޑުތަން އިތުރު ވެއްޖެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ ސީ.އީ.އޯ، މުޙައްމަދު ވަޖީޙު އިބްރާހީމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުން ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ފުރަތަ އަހަރު، ރާއްޖެ އައި ކާގޯގެ ޢަދަދު، ފާއިތުވި އަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑުތަން އިތުރު ވެއްޖެ އެވެ.

މިގޮތުން އެމްޕީއެލް ގެ ހިސާބުތައް ދައްކާ ގޮތުގައި ފާއުތުވި ދެ އަހަރުގެ ތެރޭގައި ރާއްޖެ އައި ކާގޯގެ ތަފާސްހިސާބު ތިރީގައި އެވަނީއެވެ.

17  ނޮވެންބަރު 2023 އިން 16 ނޮވެންބަރު 2024 އަށް ރާއްޖެ އައި ކާގޯ އަދަދު:-

- ކޮންޓެއިނަރ/ ޓީއީޔޫސް (ތުރޫޕުޓް) ގެ ޢަދަދު:- 135110

- ⁠ޖެނެރަލް ކާގޯ:- 144330 ފުރައިޓު ޓަންސް

17 ނޮވެންބަރު 2022 އިން 16 ނޮވެންބަރު 2023 އަށް ރާއްޖެ އައި ކާގޯ އަދަދު:-

- ކޮންޓެއިނަރ/ ޓީއީޔޫސް (ތުރޫޕުޓު)ގެ އަދަދު:- 123967

- ⁠ޖެނެރަލް ކާގޯ:- 118710 ފުރައިޓު ޓަންސް

މިހިސާބު ތައް ދައްކާގޮތުން، ރައީސް ޑޮކްޓަރ މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ރާއްޖެ އައި ކާގޯގެ އަދަދު ވަނީ، އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު %16 އިތުރު ވެފައެވެ. އެއީ، ކޮންޓެއިނަރައިޒް ކާގޯ %9 އަދި ޖެނެރަލް ކާގޯ %22 އިތުރު ވުމެކެވެ.

މިއީ ނިސްބަތުން އެހެން އަހަރުތަކާ އަޅާ ބަލާއިރު ވަރަށް ބޮޑު ކުރި އެރުމެއް ކަމުގައި ވަޖީޙް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު