ބޭނުންވާނެ ތަކެތި:
ކޭކު ހެދުމަށް:
1 ފޮށި ޗޮކުލެޓު ކޭކު މިކްސް
1 ޖޯޑު ފެން
½ ޖޯޑު ތެޔޮ
3 ބިސް
ކުނާފާ ފިލިންގ އަށް:
50ގ. ބަޓަރު
150ގ. ކަޓައިފީ ޕޭސްޓްރީ
90ގ. ޕިސްޓާޗިއޯ ބަޓަރު
ޓޮޕިންގ:
100ގ. ޗޮކުލެޓު
100 މިލިލީޓަރު ހެވީ ވިޕިންގ ކްރީމް
ތައްޔާރުކުރާނެ ގޮތް:
ކޭކު: ކޭކު މިކްސް ފޮށީގައި ބުނެފައިވާ ގޮތަށް ބިހާއި، ފެނާއި، ކޭކު މިކްސް އެއްކޮށްލުމަށްފަހު ފިހެލާށެވެ.
ފިލިންގ: ތަވައެއްގައި ބަޓަރު ވިރުވާށެވެ. އޭގެތެރެއަށް ކަޓައިފީ ޕޭސްޓްރީ އެޅުމަށްފަހު ޕޭސްޓްރީގެ ކުލަ މުށިކުލައަށް ބަދަލުވެ، ހަރުވަންދެން ދޭފަތުން ހަލަމުން ގެންދާށެވެ. އުނދުން ނިއްވާލުމަށްފަހު އޭގެތެރެއަށް ޕިސްޓާޗިއޯ ބަޓަރު އަޅައި އެއްކޮށްލާށެވެ.
ޓޮޕިންގ: ވިޕިންގ ކްރީމް ހޫނުކުރުމަށްފަހު އޭގެތެރެއަށް ޗޮކުލެޓު އަޅާފައި ޗޮކުލެޓު ވިރެންދެން ދޭފަތުން ހަލަމުންދާށެވެ. އެއަށްފަހު އުނދުން ނިއްވާލާށެވެ.
އެސެމްބަލް ކުރުމަށް:
ޗޮކުލެޓު ކޭކު މަތީގައި ޕިސްޓާޗިއޯ ކުނާފާ ފިލިންގ އަތުރާލާށެވެ. އޭގެ މައްޗަށް މެލްޓުކުރި ޗޮކުލެޓު އަޅައި ކޭކުގެ މަތި އެކީ ނިވާވާ ގޮތަށް ފަތުރާލާށެވެ. މަދުވެގެން ދެ ގަޑިއިރު ފުރިޖުކޮށްލުމަށްފަހު ސާވްކުރާށެވެ.
މި ލިޔުން ކިޔާލުމުން